ރާއްޖޭގެ ތިން ރަށަކުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. އެގޮތުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ އދ. ދަނގެތި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހުޅުމީދޫއިންނެވެ. 

އެގޮތުން އދ. ދަނގެތީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި އެރަށު ފަޅުގައި އޮތް ޑިންގީއެއް ބަލައިފާސްކޮށް، އެޑިންގީ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 49 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

ފުވައްމުލަކުގައި އޮކްޓޫބަރު 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ އޮޕަރޭޝަންގައި ފުވައްމުލައް ދޫޑިގަން އަވަށު ގެއެއް ބަލައިފާސްކުރިއިރު، އެގޭ ގޯތިތެރޭގައި ހުރި ކެޔޮފީންޏެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓާއި 60 ކުދި ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

ހުޅުމީދޫގައި ހިންގި އޮޕަރޭޝަންގައި ވަނީ މީދޫގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ސެލޯފިންކޮޅާއި 23 ރަބަރު ޕެކެޓް ހޯދާފައެވެ. އަދި މިމައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.