އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމަށް ހުށަހަޅަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މިއަދު ނިންމައިފިއެވެ. 

އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅުމުގެ ހުށަހެޅުން ކޮމިޓީއަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ. 

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ގިނަ މެންބަރުން ވިދާޅުވީ އޭސީސީ މެންބަރުން ވަކިކުރަން ހުށަހަޅަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ވަކި ކުރަން ހުށަހަޅަން ފެންނަ ކަމަށް ވިދާޅުވީ އެންމެ ދެ މެންބަރުންނެވެ. 

އޭސީސީ މެންބަރުން ވަކި ކުރުމުގެ ވާހަކަ ފެށުނީ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ހިސާބުންނެވެ. އަދި އޭގެ ފަހުން ވެންޓިލޭޓަރު މައްސަލާގައި އެކަން ހޫނުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ ގޮތުގައި އޭސީސީގެ ގާބިލް ކަމެއް ނެތެވެ. 

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރާނެ މިންވަރަށް ހެކި ނެތް ކަމަށް ޕީޖީ ހުސެއިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ފާޑުކިޔުންތައް އޭސީސީއަށް އަމާޒުވެ، އެ ކޮމިޝަންގެ ގާބިލްކަމާމެދު ސުވާލު އުފެއްދިއެވެ. ނަމަވެސް އޭސީސީއިން ވަނީ ދައުވާ ކުރާނެ ވަރަށް ހެކި ހުންނާނެ ކަމަށް ބުނެފައެވެ. އަދި މިހާރު ވަނީ މައްސަލަ ރިވިއު ކުރުމަށް އަލުން ޕީޖީއަށް ހުށަހަޅާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.