ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދުކޮޅު، ޕީޕީއެމް\ޕީއެންސީއިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. 

އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ ހޯމް މިނިސްޓަރު ދެއްކެވި ވާހަކަތާ ގުޅިގެން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް އެ ދެ ޕާޓީއިން ގަބޫލުކުރާތީއެވެ.

މިއީ އިދިކޮޅުން މި ސަރުކާރުގެ މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދި ފުރަތަމަ ފަހަރެވެ.

އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. އަދި އަމިއްލަ ހަ މެންބަރުން ވެސް ތިއްބާއިރު 65 މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ 10 މެންބަރުން ސޮޔާއެކުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާންގެ މައްސަލަ ވައްދާފައިވަނީ 11 މެންބަރުންގެ ސޮޔާއެކުއެވެ. 

އިމްރާން ވަނީ ސަފާރީ މައްސަލާގައި ހިނގާފައިވަނީ ވަރަށް ކުޑަ ކަމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމަކީ ކޮބައިކަމެއް ވިދާޅުވާން ނުކެރޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން މޭޑޭގައި ގެންގުޅުއްވީ އަސްލު ހެކިތަކެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.