ރޭ ލ. އަތޮޅުގައި އޮތް ދޯންޏަކަށް ބަޔަކު ތޫނު އެއްޗެހި ހިފައިގެން އެރީ އެ ދޯންޏާ ގުޅޭ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަމުން ނުދާތީ ކަމަށް ފުލުހުން ބުނެފިއެވެ. 

ދޯންޏަށް ހަތިޔާރާއެކު ބަޔަކު އެރީ ލޯންޗެއްގައި ގޮހެވެ. ފުލުހުން ބުނީ ދޯންޏަށް ގޮސް ބެލިއިރު އޭގައި ތޫނު އެއްޗެހި ހުރި ކަމަށެވެ. ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައިނުވާ ކަމަށެވެ. 

މައްސަލާގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ ކަމަށާއި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ވެސް ކުރަމުންދާ ކަމަށެވެ. އަދި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.