ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 26 ޕަސަންޓު ނިމިއްޖެ އެވެ. 

ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 

އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 26 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 65 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ. 

މި މަޝްރޫއުގައި ސޮއިކުރެވި އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު 10 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.