ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފި އެވެ. 

ދުވާފަރު މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 

އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 81 ޕަސަންޓު ނިމިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 30 ޕަސަންޓް ވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެމްޓީސީސީ އިން މި މަޝްރޫއު މޮބިލައިޒް ކޮށްފައި ވަނީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.