ޖިންސީ އަނިޔާގެ ސަބަބުން މަރުވި ޒިޔާދާ ނައީމްގެ އޭރުގެ ފިރިމީހާ އިބްރާހިމް ޝާހް މަރުވެއްޖެއެވެ. އޭނާ މަރުވީ މަހަށް ނުކުމެ އުޅެނިކޮށް މަހަކުން މޭމަތީގައި ޖެހިގެންނެވެ.
ޝާހްގެ ހަށިގަނޑު މިވަގުތު އޮތީ ގއ. ވިލިނގިލީ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައެވެ. ބޭރު ފުށުން އޭނާއަށް އަނިޔާގެ ނިޝާނެއް ނެތެވެ.
ޝާހްގެ މައްޗަށް ޖިންސީ އަނިޔާގެ މައްސަލާގައި ތިން އަހަރުގެ ޖަލު ހުކުމެއް އަޔެވެ. ނަމަވެސް އޭނާ ޖަލުން މިނިވަންވެފައި ހުރީ ތިން އަހަރަށްވުރެ ގިނަ ބަންދުގައި ހުރެފައިވާތީއެވެ.
އޭނާގެ މައްޗަށް އެހެން ކުރާ އެހެން ދައުވާތަކުގެ އިސްތިއުނާފު އަދިވެސް އޮތީ ހައިކޯޓުގައެވެ. އޭގެ ތެރޭގައި ޒިޔާދާގެ މަރުގެ މައްސަލަ ވެސް ހިމެނެއެވެ.