ކޮވިޑް-19އާއި ގުޅިގެން ރާއްޖެގެ ސިއްހީ ދާއިރާގެ ކެޕޭސިޓީ ބޮޑުކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރު ގަތުމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް 11 ފަރާތަކަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ފޮނުވާފައިވާ މައްސަލަ އަނބުރާ ފޮނުވާފައިވަނިކޮށް އަލުން މައްސަލަ ހުށަހަޅައިފިއެވެ. 

މައްސަލަ އަލުން ރިވިއުކޮށްދިނުމަށް އޭސީސީއިން އެދިިފައިމިވަނީ އެ މައްސަލާގައި ދައުވާ ކުރާނެ މިންވަރަށް ހެކި ނެތް ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވަނިކޮށެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ފާޑުކިޔުންތައް އޭސީސީއަށް އަމާޒުވެ، އެ ކޮމިޝަންގެ ގާބިލްކަމާމެދު ސުވާލު އުފެއްދިއެވެ. ނަމަވެސް އޭސީސީއިން ވަނީ ދައުވާ ކުރާނެ ވަރަށް ހެކި ހުންނާނެ ކަމަށް ބުނެ ޕީޖީއަށް ރައްދުދީފައެވެ. 

ވެންޓިލޭޓަރު މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެހެން ވެސް ބައެއް ބޭފުޅުން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހުގައި އެދުނެވެ.

ދައުވާ ނުކުރަން ޕީޖީއިން ނިންމި ފަހުން އެކަމުގެ ހޫނުގެ ތެރޭގައި އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ދަނީ ބަލަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.