އދ. ފެންފުށިން އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. 

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ފެންފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ރައްކާކޮށްފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ މަސްތުވާތަކެއްޗެވެ. 

އެގޮތުން މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި އެ ރަށު ވަލުތެރެއިން އަތުލައިގަނެފައިވަނީ އެއް ކިލޯ ބަރުދަނުގައި ހުރި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ކޮތަޅެކެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ މި މަހުގެ 8ވަނަ ދުވަހު އެ ރަށުން އަތުލައިގަތް ކްރިސްޓަލް މެތުގެ މައްސަލައާ ގުޅުންހުރި މަސްތުވާތަކެއްޗެވެ.

އޮކްޓޯބަރު 8 ވަނަ ދުވަހު އދ.ފެންފުށީގައި ހިންގި އޮޕަރޭޝަންގައި ގެއެއް ބަލައި ފާސްކޮށް ކްރިސްޓަލް މެތް ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 536.2 ގްރާމްގެ ރަބަރު ކޮތަޅުތަކެއް ވަނީ އަތުލައިގަނެފައެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.