ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފިއެވެ. މިމަހުގެ 17 ވަނަ ދުވަހު އާރިއާނާ, ޑެލްޓަން ގޮމޭޒްއާ ކައިވެނިކުރިކަން އޭނާގެ ޓީމުން ވަނީ ހާމަކޮށްފައެވެ. މިދެމީހުންގެ ކައިވެންޏަށްފަހު މިއީ ކައިވެނީގެ ފޮޓޯތައް ހިއްސާކުރި ފުރަތަމަ ފަހަރެވެ. އާރިއާނާގެ ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި ދެމީހުންގެ ކައިވެނި ކޮށްފައިވަނީ, އާއިލާގެ ގާތް މީހުންނާއި ރަށްޓެހިންނާއެކު ގާތްގަނޑަކަށް 20 މީހުން ބައިވެރިވެފައިވާ ކުޑަ ހަފްލާއެއްގައެވެ.

އާރިއާނާ އާއި ޑެލްޓަންގެ ލޯބީގެ ގުޅުމާ ބެހޭގޮތުން އެންމެ ފުރަތަމަ ހަބަރުތައް ދައުރުވެފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އާރިއާނާގެ ލަވަ "ސްޓަކް ވިތް ޔޫ" އިން ޑެލްޓަން ފެނިގެންދިއުމާއެކު ދެމީހުންގެ ގުޅުން އާއްމުންނަށް ޔަގީންކޮށްދިނެވެ. އެމީހުންގެ ފޮޓޯތައް އާރިއާނާގެ އިންސްޓަގްރާމް ޕޭޖުން ފެނިގެންދާއިރު ދެމީހުން އެންގޭޖްވިކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގައެވެ.

މިގޮތުން އާރިއާނާއާއި ޑެލްޓަންގެ ކައިވެނީގެ ފޮޓޯތައް އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން އާރިއާނާ ކައިވެންޏަށް ތައްޔާރުވާ މަންޒަރު ދައްކައިދޭ ފޮޓޯތައްވެސް ވަނީ ހިއްސާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.