ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މަޑުކުރަމުންދަނީ އޭނާގެ ޓެސްޓްތަކުގެ ނަތީޖާތަކަށް ކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރުލޯ ބުނެފިއެވެ.

ޕޯޗުގަލްއަށް ޔުއެފާ ނޭޝަންސް ލީގުގައި ކުޅުމަށް ގޮސް ހުއްޓައި ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވިއިރު އޭނާ ނުލައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ވީ އެއްވަރެވެ. އެހެން ނަމަވެސް ދެވަނަ މެޗު ވަނީ 2-0 އިން ކާމިޔާބުކޮށްފައެވެ. ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއާ ދެކޮޅަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗުގައި ރޮނާލްޑޯ ފެނުމާއި މެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ. އޭނާއަށް އެ މެޗުގައި ކުޅެވޭނީ 24 ގަޑިއިރުކުރިން ނެގެޓިވް ޓެސްޓެއް ކޮށްގެންނެވެ.

ސްޕެއިންގެ ބައެއް ނޫސްތަކުން ވަނީ އޭނާ ދެވަނަ ފަހަރަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައެވެ. 

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރުލޯ ބުނީ ރޮނާލްޑޯގެ ޓެސްޓްތަކުގެ ނަތީޖާތަކަށް އިންތިޒާރުކުރަމުންދާ ކަމަށާއި އޭނާގެ ގޭގައި ޓެސްޓް ހަދާފައިވާ ކަމަށެވެ. އަދި ޓެސްޓްތަކުގެ ނަތީޖާ ލިބުމާއެކު އެވާހަކަ މީޑިއާއާ ހިއްސާކުރާނެ ކަމަށް ޕިރުލޯ ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.