ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ޖޭ.އެސް.ސީއިން ބުނެފިއެވެ.

މިކަމާ ގުޅިގެން ޖޭ.އެސް.ސީއިން ނެރުނު ނޫސްބަޔާނެއްގައި އެ ކޮމިޝަނުން ބުނެފައިވަނީ ޝުކޫރު ރިޝްވަތު ނެގިކަން ސާބިތުވެފައިވާކަމަށެވެ. އެގޮތުން، އޭނާއާއި ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ހުށަހެޅުމުން، ހައްޔަރުކިރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލުއާ ގއ.ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލުކޮށް ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވާކަމަށް ޖޭ.އެސް.ސީއިން ވަނީ ބުނެފައެވެ. 

މީގެއިތުރުންވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދުކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް މަސައްކަތް ކުރިކަންވެސްވަނީ ސާބިތުވެފައެވެ. އަދި، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުގެ ކުރިން، ޝަރީއަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އަމަލުކޮށްފައިވާތީ، މިއީ ފަނޑިޔާރުންގެ ޤާނޫނާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއިވެސް ހިލާފު އަމަލުތަކެއްކަމަށް ވަތީ މަގާމުން ވަކި ކުރުމަށް ހުށަހަޅަން ނިންމީކަމަށް ޖޭ.އެސް.ސީއިން ވަނީ ބުނެފައެވެ.

އިތުރަށް އެ ކޮމިޝަނުން ބުނީ މިހާރުވެސް ޝުކޫރުގެ އިތުރު 8 މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށާއި، އޭގެ ތެރޭގައި ފުލުހުން ކޯޓު އަމުރެއް ހޯދަން ދިއުމުން އަމުރު ދިނީމާ ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކް ވެފައި އޮންނަ ކަމަގު ތުހުމަތުވެސް ކުރެވޭކަމަށެވެ.

ޖޭ.އެސް.ސީއިން ދަނީ އަދުލުއިންސާފު ގާއިމްކުރުމުގެ ނިޒާމު ރަނގަޅުކުރުމުގެ ގޮތުން ޖުޑީޝަރީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.