ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ނޭޝަނަލް ރީ އިންޓަގްރޭޝަން ސެންޓަރުގައި ފުރަތަމަ ފަހަރަށް މީހަކު ބަންދުކޮށްފިއެވެ.

ނޭޝަނަލް ރީ އިންޓަގްރޭޝަން ސެންޓަރަކީ ރާއްޖެއިން ބޭރުގައި ހިނގަމުންދާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން އާންމުން ރައްކާތެރިކޮށް، އެމީހުން މުޖުތަމައަށް އަނބުރާ ނެރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގާއިމް ކުރެވުނު ތަނެކެވެ. މި ތަނުގައި ބަންދުކުރެވުނު ފުރަތަމަ ފަރާތަކީ، ބޭރުގެ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު 15 އޮކްޓޯބަރުގައި ރާއްޖެ އައިކަމުގެ ތުހުމަތު ކުރެވިގެން 16 އޮކްޓޯބަރުގައި ހައްޔަރު ކުރެވުނު 34 އަހަރުގެ ފިރިހެން މީހެކެވެ. 

ހޯމް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވުނު މުއްދަތު މަޖިލީހުގައި، އޭނާގެ ރިސްކް އެސެސްމެންޓް ހެދުމަށް ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އެހެންކަމުން، އިއްޔެއިން ފެށިގެން އޭނާ ބަންދުކުރެވިފައި ހުރީ ނޭޝަނަލް ރީ އިންޓަގްރޭޝަން ސެންޓަރުގައެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައެޅީ 22 އޮކްޓޯބަރު 2020 ގައެވެ.

އިތުރަށް ހޯމް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި، މިއީ ޓެރަރިޒަމްގެ ބިރުވެރިކަމުން ރާއްޖެ ސަލާމަތްކޮށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މި މަސައްކަތުގައި އިސްލާމީ ގައުމްތަކާއި، ރަހުމަތްތެރި އެހެން ގައުމްތަކާއި ބައިނަލްއަގްވާމީ މުއައްސަސާތަކުގެ އެހީތެރިކަމާއެކު، އިންސާނީ ކަރާމާތަށް ރިއާޔަތްކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.