އައި.ޖީ.އެމް.އެޗްއާ ދިމާލުން މޫދު އަޑީގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ތަހުގީގަށް އިތުރު މައުލޫމާތު ބޭނުންވާތީ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ މީހަކު ނުވަތަ ބަޔަކު ވޭތޯ ބެލުމުގެ މަސައްކަތް ފުލުހުންވަނީ މިހާރު ފަށާފައެވެ.

އެގޮތުން، އޮކްޓޯބަރު މަހުގެ 22 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މިގޮތުން، އެ ވަގުތު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ ފުލުހުންގެ އެމެޖެންސީ ނަންބަރު 119 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމެންޓުގެ ނަންބަރު 9911099އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ. 

އިއްޔެ އައި.ޖީ.އެމް.އެޗްއާ ދިމާލުން މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނުނީ 31 އަހަރުގެ މީހެކެވެ. އޭނާގެ ހަށިގަނޑު ފެނުނީ ފީނަން ގޮސް އުޅުނު ބަޔަކަށެވެ. އޭނާ މަރުވެފައިވަނީ ކިހިނެއްކަން ކަށަވަރު ނުކުރެވޭތީ ޕޯސްޓްމޯޓަމް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.