އަލުން ނޭޝަނަލް އާޓް ގެލަރީގައި ހަރަކާތްތައް ބޭއްވޭގޮތަށް ހުޅުވާލަން ނިންމައިފިއެވެ.

މިކަން އަންގައި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، އާ އާންމު ހާލަތުގައި އެޗް.ޕީ.އޭ އިން އެކުލަވާލައްވާ އާންމުކުރައްވާފައިވާ ގައިޑްލައިންއާއި އެއްގޮތަށް ނޭޝަނަލް އާޓް ގެލަރީގައި ހަރަކާތްތައް ބޭއްވުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.

އެގޮތުން، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން މައުލޫމާތުދީފައިވާ ގޮތުގައި، ނޭޝަނަލް އާޓް ގެލަރީ ގައި ހަރަކާތް ބޭއްވުމަށް އެދޭ ފޯމު ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް ގެ ރިސެޕްޝަނުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ކޮވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނޭޝަނަލް އާޓް ގެލަރީ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލީ މީގެ 7 މަސް ކުރިންނެވެ. މިގޮތުން، 12 މާރިޗްގައި ބަންދުކުރުމަށްފަހު، މިއީ ނޭޝަނަލް އާޓް ގެލަރީ ހުޅުވާލާ ފުރަތަމަ ފަހަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.