މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް އަހްމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަނުކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަކީ ވަރަށް ފުރިހަމަ ނިންމެވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސީމްއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ ސިއްޚީ ދާއިރާއަށް ނުހަނު ބޮޑަށް ހިންގުންތެރި، ތަޖުރިބާ ހުރި ބޭފުޅެއް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެއެވެ. އެހެންކަމުން މި ދަނޑިވަޅުގައި ރައީސް ނިންމެވީ ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށާއި އަދި މިނިސްޓަރު ތަފާތު ދައްކަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ފޮރިން ދާއިރާގައި ވެސް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނަސީމް، ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވާފައިވާތީއެވެ. އަމީން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު މައްސަލަ ހޫނުވެގެންނެވެ. 

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ވެސް ނަސީމް ވަނީ ސިއްހީ އަދި ޓޫރިޒަމާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ. މީގެކުރިން ޓޫރިޒަމް މިނިސްޓްރީގެ މަގާމު ހުސްވުމުން އެ މަގާމަށް ނަސީމް ގެނައުމަށް ވެސް ބައެއް ފަރާތްތަކުން ކެމްޕެއިން ކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.