ޒުވާނުންނަކީ ހަމައެކަނި ފިރިހެނުންނެއް ނޫން ކަމަށާއި އަދި ކުޅިވަރަކީ ހަމައެކަނި ފުޓްސަލް އަދި ފުޓްބޯޅައެއް ނޫން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް މިހެން ވިދާޅުވީ ގައުމީ ޒުވާނުންގެ ދުވަހާއި ގުޅޭގޮތުން ދެއްވި ޚާއްސަ މެސެޖެއްގައެވެ. 

މިއަދު ދެއްކެވި ވާހަކާގައި މަހްލޫފް ވަނީ ޒުވާނުންނަކީ
އަންހެން އަދި ފިރިހެން ބޭފުޅުން ކަމަށާއި ރަށްރަށަށް ކުރާ ދަތުރުތަކުގައި ތާޅަފިލިން އަޑުހަރުކޮށް އަންހެން
އަދި ފިރިހެން ޒުވާނުންނާއި ބައްދަލުކުރުމަށް އެދޭއިރު ވެސް މި ބައްދަލުވުންތަކުން
މަދު އަންހެން ބޭފުޅުން ފެންނަކަމީ ކަންބޮޑުވުމެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ. އެހެން ނަމަވެސް މަސައްކަތް އަމާޒުކުރަނީ ވެސް، އަދި އަމާޒްކުރާނީ ވެސް ދެ ޖިންސްގެ
ޒުވާނުންނަށް ހަމަހަމަކަމާއެކު ކަމަށް މަހްލޫފް ވިދާޅުވިއެވެ. 

"ކުޅިވަރަކީ ހަމައެކަނި ފުޓްސަލްއާ ފުޓްބޯޅައެއް ނޫން. ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް އެ ރަށްރަށުގެ ޒުވާނުންގެ އެދުމާއި އެއްގޮތަށް، ގިނަ ރަށްތަކެއްގައި ތަރައްގީ ކުރެވެމުންދާ ފުޓްސަލް އާއި ފުޓްބޯޅަ ދަނޑުތައް ފެންނަން ހުރި ކަމުގައި ވިޔަސް، އެހެނިހެން ކުޅިވަރުތައް ތަފާތުކުރުމެއް ނެތި ދިރުވާ، ކުރިއެރުވުމަށް މީގެކުރީގެ ސަރުކާރުތަކުން ނުކުރާ ވަރަށް މަސައްކަތްކޮށް އެކަމަށް ޚަރަދުކުރަމުންދާކަން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި އެތުލީޓުން ޤަބޫލުކުރާނެކަން ކަށަވަރު." މަހްލޫފް ވިދާޅުވިއެވެ.

ބައެއް ޒުވާނުން އުއްމީދުކުރާ ބާރު މިނުގައި މި ތަފާތުތައް އަދި މި ބަދަލުތައް އަމަލީ ގޮތުން ފާހަގަނުކުރެވުނު ކަމުގައި ވިޔަސް، މާތް ﷲ ގެ އިރާދުފުޅާއެކު ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، އެކިއެކި ކުލަތަކުން އެ މަންޒަރުތައް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަން މަހްލޫފް ވަނީ އަރުވާފައެވެ. 

ކަންކަން ހާސިލްކުރުމަށް، ކާމިޔާބީއަށް ވާސިލްވުމަށް، ބޭނުންވާ މަންޒިލަށް ދިޔުމަށް ކުރާ ދަތުރުތަކުގައި ގިނަ ގޮންޖެހުންތަކެއް އަދި ދަތި އުނދަގޫ ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮންމެ ޒުވާނަކު ވެސް އަޒުމް ކަނޑައަޅަންވީ، މިހެން ދިމާވާ ދަތި އުނދަގޫތައް ގިރާކޮށް، ބޭނުންވާ މަންޒިލަށް ވާސިލްވުމަށް ކަމަށް މަހްލޫފް ވިދާޅުވިއެވެ. ކުށް ކުރުމާއި، ވިޔާނުދާ އާދަތަކުން ދުރުވެ، މުޖުތަމައު ބަލައިގަންނަ
ޒުވާނުންތަކަކަށްވުމަށް، އެންމެހާ ޒުވާނުން އަޒުމް ކަނޑައެޅުމަށް ވެސް މަހްލޫފް ގޮވާލެއްވިއެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.