ގދ. ތިނަދޫގައި ގާއިމްކުރި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާ ހަވާލުކޮށްފިއެވެ. މިއީ 22 އެނދުގެ ފެސިލިޓީއެކެވެ. 

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމީ އެ ރަށުން ޕޮޒިޓިވްވި މީހަކު ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދަން މަސައްކަތް ކުރުމުން އެކަމާ ދެކޮޅަށް ވިލިނގިލީ މީހުން މުޒާހަރާކޮށް އޭނާ ރަށަށް ނޭރުވި މައްސަލަ ހޫނުވުމާއި ގުޅިގެންނެވެ. މީގެކުރިން ހުވަދޫ އަތޮޅުގައި ކޮވިޑް ފެސިލިޓީއެއް ހުންނަނީ ހަމައެކަނި ވިލިނގިލީގަ އެވެ.

މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. ގދ.ތިނަދޫ ކޮވިޑް ފެސިލިޓީ ގާއިމްކުރި ދަރުބާރުގޭ ސަރަހައްދު އެމްޓީސީސީއާ ހަވާލުކުރެވުނީ 22 ސެޕްޓެމްބަރުގައެވެ. 

މި ފެސިލިޓީގައި 15 އައިސޮލޭޝަން އެނދު، 6 އައި.ސީ.ޔޫ އެނދު އަދި ޑައަލެސިސް އެނދެއް ހުންނާނެއެވެ. ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ފެށީ 25 ސެޕްޓެމްބަރުގައި ކަމަށް އެމްޓީސީސީއިން މީގެކުރިން ހާމަކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.