ރާއްޖޭގައި ހިންގާ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެރިސޯޓެއްގެ ސްޓާފް އޭރިއާގައި މުޒާހަރާކުރެވޭ ގޮތަށް އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ފާސްކޮށްފިއެވެ. 

އެ ކޮމިޓީއިން މިގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ 51 ވަނަ ބައްދަލުވުމުގައެވެ. އެގޮތުން ރިސޯޓްތަކުގެ ސްޓާފުން ދިރިއުޅުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކަނޑައަޅާފައިވާ ސަރަހައްދުގައި ސުލްހަވެރިކަމާއެކު، އިހުތިޖާޖުކޮށް މުވައްޒަފުންގެ ޝުއޫރު ފާޅުކުރެވޭ ގޮތަށް އެ ޤާނޫނަށް ބަދަލު ގެނައުމަށް މިއަދު ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ. 

މިގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. މިގޮތަށް ޤާނޫނު އިސްލާހުކުރެއްވުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ކެނދުކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއެވެ. 

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލް ކޮމިޓީއިން ވަނީ އިސްލާހުތަކާއެކު މިއަދު ފާސްކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.