ގަވާއިދާއި ޚިލާފަށް ރުއްގަސް ކަނޑާތީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ހއ. ބާރަށު ކައުންސިލް ޖޫރިމަނާކޮށްފިއެވެ. 

ބާރަށު ކައުންސިލް ޖޫރިމަނާކޮށްފައިވަނީ އެރަށުގެ ހޭޅިފަށް ހިމެނޭ ސަރަހައްދުންނާއި އަދި އެހެނިހެން ސަރަހައްދުތަކުން ގަވާއިދާއި ޚިލާފަށް ރުއްގަސް ކަނޑައި، އުފުރައި އަދި އެރަށުން ރުއްގަސް ބޭރުކޮށްފައިވާތީއެވެ. އެރަށުގެ ކައުންސިލް ޖޫރިމަނާކޮށްފައިވަނީ 191،250 ރުފިޔާއިންނެވެ. 

ބާރަށު ކައުންސިލް ޖޫރިމަނާކުރީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ޖަދުވަލު 5 އަށް ރިޢާޔަތްކޮށެވެ. އީޕީއޭއިން ވަނީ ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ބާރަށު ކައުންސިލަށް އަންގާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.