ގދ.ރަތަފަންދޫގައި ދެ ބައެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވި މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މައްސަލަ ހުށަހެޅުނީ ރޭ 2:30 ހާއިރުއެވެ. މާރާމާރީގައި އަނިޔާ ލިބުނު މީހުންނަށް ރަތަފަންދޫ ސިއްހީ މަރުކަޒުގައާއި ތިނަދޫގައި ހުންނަ ޑރ.އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މައްސަލައާ ގުޅިގެން 21 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރެވިފައިވާ ކަމަށެވެ. 

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.