މ.ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 45 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.
މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެވެސް 66 ޕަސެންޓް މަސައްކަތް މިހާރުވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން، 300 × 800 ފޫޓު ބަނދަރު ބޮޑުކުރުމާއި، 350 މީޓަރު ބޭރުތޮށި ހެދުމާއި، 130 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރު އެއްގަމު ތޮށި ހެދުމާއި، 1880 އަކަމީޓަރު ޕޭވްމަންޓް ހެދުމާއި، 2 ނެރު ބައްތި ޖެހުމުގެ އިތުރުން 19 ބަނދަރު ބައްތި ޖެހުމަށް ވަނީ ނިންމާފައެވެ.
48,863,172.98 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 27 އޮގަސްޓް 2019ގައެވެ.