ވ.ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 58 ޕަސެންޓް ނިމިފައިވާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި، މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކެވެ. މި މަސައްކަތުގެވެސް 50 ޕަސެންޓް މިހާރުވަނީ ނިމިފައެވެ. 

ވ.ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. 

މި މަޝްރޫއުގެ ދަށުން 156 މީޓަރ ބޭރު ތޮށި ހެދުމާއި، 74 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރ އެއްގަމު ތޮށި ހެދުމާއި، 08 މޫރިން ބޮއެ ލުމާއި، 08 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި ، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރ ފުޅާމިނުގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރާއި ނެރު ފުންކުރުމަށް ވަނީ ނިންމާފައެވެ. 

މި މަޝްރޫއަށް ޖުމްލަ 18,511,404.34 ރުފިޔާ ހަރަދުވާނެކަމަށް ބެލެވެއެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޮކްޓޯބަރު 2019ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.