މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން އިސްތިއުފާ ދެއްވައިފިއެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަމީން އިސްތިއުފާ ދެއްވިކަން ސިޓީއަކުން ރައީސް ސޯލިހަށް ވަނީ އަންގަވާފައެވެ. އަދި އެ ސިޓީގައި އިސްތިއުފާ ދެއްވަނީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށް އަމީން ވިދާޅުވެފައިވާ ކަމަށް ބައެއް މީޑާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އަމީން އިސްތިއުފާ ދެއްވާފައިވާއިރު، މަގާމުން އޭނާ ވަކި ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގައި ވޯޓެއްވެސް ނަގާފައިވެއެވެ. އެ ވޯޓުން އަމީން މަގާމުގައި ބަހައްޓަން ފެންނަ ކަމަށް ފާސްވިނަމަވެސް، އެމްޑީޕީއަށް ނިސްބަތްވާ 24 މެންބަރުންގެ ސޮޔާއެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ވައްދާފައެވެ. 

މިނިސްޓަރު އަމީންގެ އިތުބާރު ގެއްލިފައިވާ ކަމަށް މެންބަރުން ދެކެނީ ވެންޓިލޭޓަރު މައްސަލާގައި އަމަލު ކުރައްވާފައިވާ ގޮތުންނެވެ. އެ މައްސަލާގައި މިނިސްޓަރު ހުންނެވީ މަސައްކަތުން އެކަހެރި ކުރައްވާފައެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ޕީޖީއަށް ވެސް ފޮނުވިއެވެ. އެހެން ނަމަވެސް ޕީޖީއިން ވަނީ ދައުވާނުކުރަން ނިންމާފައެވެ. 

ކޯލިޝަން ޕާޓީއެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓްގައި އިންނެވި ބޭފުޅެކެވެ. އޭނާއަށް އެކި ފަހަރު މަތިން އެމްޑީޕީ މެންބަރުންގެ ނުރުހުން އަމާޒުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.