ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓަންޓް ރެޖިސްޓްރާގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ. މި މަގާމަށް އައްޔަނުކޮށްފައިވަނީ ހ.ވަލަންޖު، މާލެ، އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފްއެވެ. 

މި މަގާމަށް އައްޔަނުކުރި ކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާޢިޝަތު ރިޒްނާ އެވެ. އޭނާ މި މަގާމަށް އައްޔަނުކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ 8 ވަނަ ނަންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ. 

އަލްއުސްތާޛު ޙަނީފް ޝަރުޢީ ދާއިރާގައި ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ 24 ޖެނުއަރީ 2019 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ މަޤާމުގައެވެ. އެއަށްފަހު 06 ނޮވެމްބަރ 2019 ގައި ލީގަލް މަޤާމުތަކުގެ އޮނިގަނޑަށް ގެނެވުނު އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވެގެން ދިޔައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު އިސްލާހަށްފަހު މީގެ ކުރިންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް ސ. ހުޅުދޫ، ރަތްވިލާގެ އަލްއުސްތާޛާ ރަޢުފާ ޙައިދަރު 12 ޖަނަވަރީ 2020 ގައި ޢައްޔަން ކުރެވިފައެވެ. އަދި އެއަށްފަހު 17 ފެބްރުއަރީ 2020 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް އަލްއުސްތާޛު ފައިސަލް އާދަމް އައްޔަންކުރެވިގެން ދިޔައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.