ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 25 ޕަސަންޓް މަސައްކަތް ނިމިއްޖެކަމަށް އެ މަސައްކަތް ކުރަމުންއަންނަ އެމްޓީސީސީއިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެވެސް މިހާރު 81 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން 410 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 196 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، 2،500 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަށް 38.2 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހުއެވެ.
އެމްޓީސީސީއިން މިހާރު ވެސް ދަނީ ގިނަ ރަށްރަށުގެ ބަނދަރު ހެދުމާއި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.