ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ޕަސަންޓު 64 ނިމިއްޖެ އެވެ.
ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ 64 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިވަގުތު 5200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު ޖޫން މަހު 26 ގައެވެ.