މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ޙަވާލުކުރުމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފިއެވެ. 

އެ އޮފީހުން އެހެން ނިންމީ މައްސަލަ ދިރާސާކުރުމަށްފަހު، އިއްޔއެެވެ. މައްސަލަ ވާނީ ޑިކްލައިންކޮށްފައިވާ ކަމަށް އޮފީހުން ބުންޏެވެ. ޕީޖީ އޮފީހުގެ ނިންމުން ބިނާވެފައިވާ ސަބަބުތަކާއި، މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފަހުން ޙިއްޞާކުރާނެ ކަމަށް ވެސް ބުންޏެވެ. 

ވެންޓިލޭޓަރު މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެހެން ވެސް ބައެއް ބޭފުޅުން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހުގައި އެދުނެވެ. 

އޭސީސީގެ އެ ތަހުގީގުގެ ފެންވަރާމެދު ވެސް ބައެއް މަޖިލިސް މެންބަރުން ސުވާލު އުފެއްދެވި ނަމަވެސް އޭސީސީއިން ބުނެފައިވަނީ ވެންޓިލޭޓަރު މައްސަލާގެ ތަހުގީގު ފުރިހަމަވާނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.