ހުކުރު ދުވަހު ފްރާންސްގައި ޓީޗަރަކު މަރާލި މައްސަލައިގައި 11 މީހަކު ހައްޔަރުކުރުމަށް ނިންމާފައިވާކަމަށް އެ ގައުމުގެ އިންޓީރިއަރ މިނިސްޓަރ ވިދާޅުވެއްޖެއެވެ. 

މިއަދު ޔޫރަޕް 1 ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ފްރާންސްގެ އިންޓީރިއަރ މިނިސްޓަރ ޖެރަލްޑް ޑަރްމަނިން ވިދާޅުވީ، ހައްޔަރު ކޮށްފައިވާ 11 މީހުންވެސް ޓީޗަރާއި ދެކޮޅަށް "ފަތުވާ" ނެރެފައިވާ ކަމަށެވެ. މީގެ ތެރޭގައި ޓީޗަރު ކިޔަވައިދިން ދަރިވަރެއްގެ ބައްޕަވެސް ހިމެނެއެވެ. ބައްޕަ ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވާ ގޮތުން، ޓީޗަރުވަނީ އަވުރަ ނިވާނުކޮށްހުރި ކާޓޫނެއް ދައްކައި އެއީ "މުސްލިމުންގެ ރަސޫލާ" މިހެން ދަރިވަރުންގެ ގާތުގައި ބުނެފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަހުގެ ކުރީކޮޅު ހިނގާދިޔަ މި ހާދިސާގައި ޓީޗަރު ދައްކާފައިވަނީ ކުރިން ޗާލީ ހެބްޑޯ މެގަޒިންއިންވެސް ޝާއިއުކުރި ކާޓޫންތަކެވެ. އެ ފަހަރު މި ކާޓޫންތައް ކުރެހުމުން އެ މެގަޒިން ހިންގާ ބިލްޑިންއަށް ހަތިޔާރުއެޅި ދެ މީހަކު ހަމަލާވެސް ދީފައިވެއެވެ.

ފްރާންސްގެ އިންޓީރިއަރ މިނިސްޓަރ ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން 80 ތަހްގީގެއް މިހާރުކުރިއަށް އެބަދެއެވެ. އަދި މުސްލިމުންނާއި ދެކޮޅަށް ހިންގޭ އަމަލުތަކުގައި، ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް ގޮވާލުމުގެ ބަދަލުގައި ހަރުކަށި ފިކުރު ފަތުރާފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.