މިއަދު ހެނދުނު މާލޭގައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ. 

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ މަޖިދީ މަގުގައި ހުންނަ ލެޓްރެފިކް ކެފޭ ކައިރީގައެވެ. މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:55 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މި މާރާމާރީގައި ދެ މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިިވެއެވެ. 

އަނިޔާ ދެ މީހުން ވެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި ދެމީހުންނަށް ލިބުނު އަނިޔާތައް ވެސް ސީރިޔަސް ނޫން ކަމަށް ފުލުހުން ބުނެފައިވެއެވެ. 

އަދި މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.