ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވާފައިވާ، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު މިއަދު މަޖިލީހަށް ބަލައިގަނެފިއެވެ. 

މި ބިލުގެ ސަބަބުން ދިވެހިރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނޭކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ތަރައްގީކުރުމަށްވެސް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މި ޤާނޫނުން ސޓީއާއި ރަށްރަށުގައި ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތަކާއި ހާއްސަ ސިނާއީ މަސައްކަތްތަކާ ގުޅޭގޮތުން ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައްވެސް ކަނޑައެޅިގެންދާނެއެވެ. މީގެއިތުރުން، ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލައި، ބިން ތަރައްގީކުރުމުގެ ހުއްދަ ދޫކުރުމާއި، އެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި ބިން ތަރައްގީކުރާ ފަރާތްތައް ޖަވާބުދާރީކުރުވޭނެ ނިޒާމެއްވެސް ގާއިމްކުރެވިގެންދާނެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 26 އޮގަސްޓްގައެވެ. އޭގެފަހުން ބިލުގެ އިބްތިދާއީ ބަހުސް ތިން ޖަލްސާއެއްގައި ކުރިއަށްގެންދެވިފައިވާއިރު، ބިލުގައި ރަނގަޅުކުރަން ހުރި ގިނަ ކަންތައްތަކެއް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންވަނީ ފާހަގަކުރައްވާފައެވެ. މި ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.