މަސްތުގެ ހާލަތުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަކުރި އިންޑިއާގެ ޑޮކްޓަރު، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލައިފިއެވެ. 

މާލޭ މަގުމަތީގައި އެ ޑޮކްޓަރު، މަސްތުވެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރުމުން އޭނާ ހައްޔަރުކުރިއެވެ. ނަމަވެސް ބަންދު ޖެހުމަށް ކޯޓަށް ގެންދިޔުމުން އޭނާ ދޫކޮށްލިއެވެ. 

ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އެމީހާއަށް އަމާޒުވިއެވެ. އަދި އޭނާ ރާއްޖެއިން ޑިޕޯޓްކޮށްލުމަށާއި އޭނާ ހައްޔަރުކޮށް އަދަބު ދިނުމަށް ވެސް ގޮވާލިއެވެ. 

ފުލުހުންގެ ބަންދުން ދޫވުމަށްފަހު އިންޑިއާގެ ޑޮކްޓަރު ވަނީ މާފަށް ވެސް އެދިފައެވެ. އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމާއި އެކަމާ ލަދުވެތިވާ ކަމަށް ބުނެފައިވެއެވެ. 

ފުލުހުން މިއަދު ބުނި ގޮތުގައި އެމީހާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ޑޮކްޓަރަކީ އަމިއްލަ ކްލިނިކެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.