ރޭ އައްޑޫ ސިޓީގައި ހިންގި މަރާމާރީގައި އަނިޔާ ލިބުނު މީހާގެ ހާލު ދެރަ ކަމަށް އޭނާއަށް ފަރުވާދެމުންދާ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނީ 22 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފައެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މާރާމާރީ ރޭ ހިނގާފައިިވަނީ ދެ ގްރޫޕެއްގެ މެދުގައެވެ. މިކަން ހިނގީ އައްޑޫ، ހިތަދޫގައެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.