ގްރޭޓާ މާލެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ)ގެ ގަޔަށް ވަޅި ހަރާފައިވާ ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް އެއީ އޮޅިގެން ހިނގާފައިވާ ކަމެއް ކަމަށް އޭނާ ބުނެފިއެވެ.
އިބޫގެ ގަޔަށް ވަޅި ހެރިގެން ޒަހަމްތަކާއެކު، ރޭ އޭޑީކޭ ހޮސްޕިޓަލަށް ދިޔައެވެ. އެ ހޮސްޕިޓަލްގައި އޭނާ ފަރުވާދޭން ފެށިއިރު އެކަން ފުލުހަށް ރިޕޯޓްކުރިއެވެ. އަދި މީޑިއާގައި ވެސް ހަބަރު ދައުރުވިއެވެ.
ނަމަވެސް ފަހުން އިބޫއާ ހަވާލާދީ ފުލުހުން ބުނީ ޒަހަމް ފާހަގަވީ އަންހެނަކާއެކު ސައިކަލް ދުއްވުމުގެ ތެރޭގައި ކަމަށެވެ. އެ އަންހެން މީހާގެ އަތްދަބަހުގައި ކަޓަރެއް އޮތް ކަމަށާއި އެހެންވެ އެ ޒަހަމަކީ އެ ކަޓަރުން އެކްސިޑެންޓަލީ ލިބިފައިވާ ޒަހަމެއް ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ދިން އެ މައުލޫމާތު ޔަގީން ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.