ކޮވިޑް 19 އާ ގުޅިގެން ބަންދުކޮށްފައި ހުންނަތާ ހަތް މަސް ފަހުން ސައުދީ އަރަބިއްޔާގެ މަސްޖިދުލް ޙަރަމް ހުޅުވާލައިފިއެވެ. 

ސައުދީއިން ވަނީ އިސްލާމީ އެންމެ މާތް މުގައްދިސު މިސްކިތުގައި އާއްމުކޮށް ނަމާދުކުރުމަށް ހުޅުވާލާފައެވެ. ކޮވިޑް 19 ގެ ފިޔަވަޅުތައް ސައުދީގައި ލުއިކުރަމުން އަންނަ މި ދަނޑިވަޅުގައި މިއަދު ވަނީ އުމްރާގެ އަޅުކަމަށް ވެސް ހަރަމްފުޅު ހުޅުވާލާފައެވެ. ސައުދީއިން ވަނީ މި މަހުގެ ކުރީކޮޅު އުމްރާގެ އަޅުކަން އަދާކުރުމުގެ މަގުފަހިކޮށްދީފައެވެ. 

އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސައުދީއިން ވަނީ ކޮންމެ ދުވާލެއްގެ މައްޗަށް އެގައުމަށް ނިސްބަތްވާ 6،000 މީހަކަށް އުމުރާގެ އަޅުކަން ކުރެވޭނެ މަގުފަހިކޮށްދީފައެވެ. މީގެކުރިން ކަނޑައަޅާފައި އޮތީ ކޮންމެ ދުވަހަކު 20،000 މީހުންނަށް ފުރުސަތު ދިނުމަށެވެ. އެހެން ނަމަވެސް އެ އަދަދު ދަށްކުރީ ސައުދީގެ ސިއްހީ އިދާރާތަކުން އިރުޝާދު ދިނުމުންނެވެ.

ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރާގެ އަޅުކަން އަދާކުރުމަށް ސަލާމަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް އެހެން ގައުމުތަކުގެ މީހުންނަށް ސައުދީގެ ބޯޑަރު ހުޅުވާލާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.