ކޮވިޑް 19 ޖެހިގެން ރާއްޖެއިން 37 ވަނަ މީހަކު މަރުވެއްޖެއެވެ. 

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ވަނީ މަރުވެފައެވެ. މި މީހާއަކީ 80 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ މިއަދު މެންދުރުފަހު 03:50 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 11،178 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ބައެއް ގަޑިތަކުގައި ކާފިއު ހިންގާ ފިޔަވަޅުތައް އަޅަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.