ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުތަކުން އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަދި ވާދަވެރި ބާސެލޯނާ ވެސް ބަލިވެއްޖެއެވެ. 

އަލަށް ޕްރޮމޯޓްވި ކަޑިޒްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކާޑިޒްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އެންތަނީ ލޮޒާނޯއެވެ. ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ރެއާލްއިންނެވެ އެހެން ނަމަވެސް އެޓީމަށް މި މެޗުން މޮޅުވެވިފައެއް ނުވެއެވެ. 

ބާސާ ވާނީ 1-0 އިން ގެޓާފޭ އަތުން ބަލިވެފައެވެ. މިއީ އެޓިމުގެ އައު ކޯޗު ރޮނާލްޑް ކޯމަންގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގެޓާފޭއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ހައިމޭ މާޓާއެވެ. މި މެޗުގައި ލަނޑު ޖަހާނެ މާ އެދެވޭ ފުރުސަތުތަކެއް ބާސާއަށް އުފެއްދިފައެއް ނުވެއެވެ. 

އެޓުލެޓިކޯ މެޑްރިޑް ވަނީ އެޓީމު ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގައި އެޓްލެޓިކޯގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ލުއިސް ސުއަރޭޒް އާއި ޔަނިކް ކަރަސްކޯއެވެ. 

މި މެޗުތަކާއެކު 10 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑްއެވެ. ދެވަނައިގަައި ލަނޑުގެ ތަފާތުން ގެޓާފޭ އޮތްއިރު ތިންވަނަ އަދި ހަތަރުވަނަ ލިބެނީ ކާޑިޒް އާއި ގްރަނޑާއަށެވެ. އެޓްލެޓިކޯ ހަވަނައިގައި އޮތްއިރު ބާސާ އޮތީ ނުވަ ވަނައިގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.