1442 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްއިން "ގައުމީ ލަވަ އަލްބަމް" ނަމުގައި ހާއްސަ ލަވަ އަލްބަމެއް ނެރެފިއެވެ.

"ތެދުވެރިކަން-ގައުމިއްޔަތުގެ އަސްލު" މި ތީމަށް ނެރުނު ލަވަ އަލްބަމްގައި އަށް ލަވަ ހިމެނެއެވެ. މި އަލްބަމްއަށް ޅެން ހައްދަވާފައިވަނީ އަމީނާ މުފީދު، ޕްރައިވެޓް މުޙައްމަދު މާޙިދު (މާޓު)، ޢަލީ ޖައިޝާން ޢާމިރު، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ޖައުފަރު ޢަބްދުލް ރަޙްމާނު، އަދި މުޙައްމަދު ޢަބުދުލް ޣަނީއެވެ. ރާގު ހައްދަވާފައިވަނީ ލެފްޓިނެންޓް ކާނަލް ޢަލީ މަނިކު (ދާރީ)، ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ވޮރަންޓް އޮފިސަރ 1 ޔޫސުފް ޝިމާޒް، އިބްރާހީމް މޫސާ ފިކްރީ، ލާންސް ކޯޕްރަލް ފަތުޙުﷲ ޝަކީލް، ޕްރައިވެޓް މުޙައްމަދު މާޙިދު (މާޓު) އަދި އަމްރާ މުޙައްމަދު ޢާމިރުއެވެ.

މި އަލްބަމްގެ ލަވަތައް ހުށަހަޅާފައިވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންނެވެ. އޭގެ ތެރޭގައި، މުޙައްމަދު ޢަބުދުލް ޣަނީ، ސައިނާ، ސަމާ، ޖައިޝާ، ޙުސައިން ހަމްދޫން، ރާފިޔަތު ރަމީޒާ، އިބްރާހީމް ވަޙީދު (ބޮޑުބެ)، އިބްރާހީމް މަމްދޫހު (މަންޑޭ)، ޙަސަން ތޮލާޤް، ނާޝިދާ އަޙްމަދު، މަރިޔަމް އުނޫޝާ، އިސްމާޢީލް އައްފާނު، މުޙައްމަދު ޝިއުޒު، ޕ. މުޙައްމަދު މާޙިދު (މާޓު)، ފަސްޓް ލެފްޓިނަންޓް ހުސައިން ޢަލީ، ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ޕްރައިވެޓް އައިމިނަތު ޢަނާނާ، ޢާއިޝަތު ޖައިޝާ ވަޙީދު، މުސާ ޠާރިޤު، ޚަދީޖާ މުޙައްމަދު (ރިޒޫ)، މުޙައްމަދު ސުހެއިލް، އަޙްމަދު ޖައިލަމް (ބޭ)، ޑރ. ފާތިމަތު ޝިފްނާ (ޝިފޫ )، ޕްރައިވެޓް މޫސާ ކަލީމް، އަދި ޝަލަބީ އިބުރާހިމްގެ އިތުރުން މަރިޔަމް އަޝްފާ ހިމެނެއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ 2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ނެރެމުން އަންނަ ގައުމީ ލަވަ ސީޑީގެ 19 ވަނަ އަލްބަމެވެ. މިފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކެއް ހިމަނޭ ލަވަތަކެއް ހިމެނޭނެކަމަށް ވަނީ ބުނެފައެވެ. މި ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލްއިން ޑައުންލޯޑްވެސް ކުރެވޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.