ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ އިހްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ހަފްލާ އޮތީ މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައެވެ. ރައީސް ޞާލިހު މައިދާނަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދުދީދީ އާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ.

މީގެއިތުރުންވެސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި ދައުލަތުގެ ޢިއްޒަތްތެރީން މި އިހްތިފާލުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މި އިހްތިފާލުގައި ދުވަހާ ގުޅޭ ހާއްސަ ދުޢާ އެއްވެސް ކޮށްފައިވެއެވެ. ދުޢާ ކޮށްދެއްވާފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމު އައްޝައިޚް ނަޞްރުﷲ ޢަލީއެވެ. 

މިއަދު ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސް މުހާތަބު ކުރައްވާނީ މިއަދު ހެނދުނު 10:00 ގައި، ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށެވެ.

މި ހިތާބުގައި، ކޮވިޑް-19ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ހާސިލްވެފައިވާ ކަންތައްތަކަށް ރައީސް އަލިއަޅުއްވާނެކަމަށް ބެލެވެއެވެ. އަދި، އިގްތިސާދު ކޮޅަށް ޖެހުމުގައި ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިންމުކަމަށްވެސް ބައްލަވާލައްވާނެކަމަށް ބެލެވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.