ބޮލީވުޑްގެ ޒުވާން ތަރި، ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. އޭނާ ޗުއްޓީއަށް އައިސްފައިވަނީ ސޮނެވާފުއްޓަށެވެ.
ވަރުން ވަނީ ސޮނެވާފުށީގެ ޕޫލްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓްރާމްކޮށްފައެވެ. އަދި ސޮނެވާފުށީގެ ބައެއް މަންޒަރުތައް ސްޓޯރީއަށް ވެސް ލާފައިވެއެވެ. އެގޮތުން މުސަޅަކާއެކު އޭނާ ހޭދަކުރި ވަގުތު ސްޓޯރީގައި ހިއްސާކޮށްފައިވެއެވެ.
ވަރުން ޗުއްޓީއަށް އައިސްފައިވަނީ ވަރަށް އަވަހަށް ކައިވެނި ކުރަން ހަމަޖެހިފައިވާ އޭނާގެ ލޯބިވެރިޔާ ނަތާޝާއާއެކު ކަމަށް ބެލެވެއެވެ.
އިންޑިއާގެ ލޮކްޑައުންގެ ތެރޭގައި ވަރުން ވަނީ ޗުއްޓީއަކަށް ވަރަށް ބޮޑަށް ދާން ބޭނުންވެފައި ހުރި ކަމަށް ބުނެފައެވެ. އިންޑިއާގެ ލޮކްޑައުންއަށް ލުއިދިނުމާ ގުޅިގެން ބޮލީވުޑް ތަރިން މިސްރާބު ވަނީ ރާއްޖެއަށް ޖަހާފައެވެ.
އެގޮތުން އެކްޓްރެސް ތާޕްސީ ޕައްނޫ އާއި މޯނީ ރާއޯ ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އެ ދަރިންގެ ޗުއްޓީއަށް ވެސް އިންޑިއާ މީޑިއާތަކުގެ ބޮޑު ސަމާލު ކަމެއް ލިބިގެންދިޔައެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ބޮލީވުޑްގެ އެހެން ތަރިން ވެސް ރާއްޖެއަށް ޗުއްޓީ ދަތުރުތައް ޕްލޭން ކުރާނެއެވެ.