މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މާދަމާ ގައުމާ މުހާތަބުކުރައްވަން ނިންމަވައިފިއެވެ. 

ގައުމީ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަހެވެ. އެއީ، 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ ސަލާމަތްވީ ދުވަހުގެ އުފާފާޅު ކުރުމުގެ ގޮތުންނާއި، އެ މިނިވަންކަން ހޯއްދަވައިދެއްވި ބޮޑުތަކުރުފާނު ފަދަ ބޭބޭފުޅުން ދިވެހިރާއްޖެއަށްޓަަކައި ވެދެއްވާފައިވާ ގުރުބާނީ ހަނދާންކުރުމުގެ ގޮތުން ފާހަގަކުރެވޭ ދުވަހެކެވެ.

މީގެކުރިން، ކޮންމެ އަހަރަކުވެސް ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބުކުރައްވާ ވާހަކަދައްކަވަނީ އެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ހާއްސަ ރަސްމިއްޔާތެއްގައެވެ. އެހެންނަމަވެސް، މިފަހަރު ކޮވިޑް-19ގެ ސަބަބުން އެ ރަސްމިއްޔާތު ބޭއްވުން ފަސްކޮށްފައިވާތީ، ރައީސް މުހާތަބު ކުރައްވާނީ ގައުމީ ދުވަހުގެ ހެނދުނު 10:00 ގައި، ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށެވެ. 

މި ހިތާބުގައި، ކޮވިޑް-19ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ހާސިލްވެފައިވާ ކަންތައްތަކަށް ރައީސް އަލިއަޅުއްވާނެކަމަށް ބެލެވެއެވެ. އަދި، އިގްތިސާދު ކޮޅަށް ޖެހުމުގައި ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިންމުކަމަށްވެސް ބައްލަވާލައްވާނެކަމަށް ބެލެވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.