ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީ މި ބަލީގައި ރާއްޖެއިން މަރުވި 36 ވަނަ މީހާއެވެ.

މިދިޔަ ހަފުތާ ވަނީ 56 އަހަރުގެ އަންހެނަކު މަރުވެފައެވެ. 

އެޗްޕީއޭއިން ބުނި ގޮތުގައި މިއަދު މަރުވި ފިރިހެން މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެއް ކަމަށެވެ.

ރާއްޖެއިން ކޮވިޑްގައި އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އެއީ މި ބަލީގައި އެންމެ ރިސްކް ބޮޑު މީހުންނެވެ.

މާލޭ ސަރަހައްދުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު މި ދުވަސްވަރު ވަނީ މަދުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.