ގްރޭޓަރ މާލޭ ސަރަހައްދުގައި އެއްގަމު އުޅަދުފަހަރު ދުއްވައި، މަގުމައްޗަށާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅެވޭނެ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި މި ސަރަހައްދުގައި ވެހިކަލް ދުއްވުމާއި އާންމު ތަންތަނަށް ނުކުތުން މިހާރު މަނާ ވާނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 04:00 އަށެވެ. މިއީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން މައިމޫނާ އަބޫބަކަރުށް ގާނޫނޫން ލިބިދީފައިވާ ބާރުގެ ތެރެއިން އެކަމަނާ ނިންމެވި ނިންމެވުމެކެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ފަހުން ލުއި ދީފައިވަނީ 3 އޮކްޓޯބަރުގައެވެ. އެ ފަހަރު ދުއްވުމާއި އާންމު ތަންތަނަށް ނުކުތުން މަނާ ވާނީ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 05:00 އަށް ކަަމަށް ކަނޑައެޅިއެވެ. އެހެންކަމުން، މިހާރު މި ގެނެވުނު ބަދަލުތަކާއެކު މަގުމަތީގައި އިތުރު 2 ގަޑިއިރު އުޅޭވޭނެއެވެ. 

ޖުލައި 1 އިން ފެށިގެން ލޮކްޑައުންގެ ހާލަތައް ލުއިދެމުން ސަރުކާރުން އަންނަ އިރު، ކޮވިޑް ޖެހޭ މީހުންގެ އަދަދުވެސް މިހާރު ދަނީ ކުރިއާ އަޅާ ބަލާއިރު ދަށް ވަމުންނެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 11،154 އަށް އަރާފައިވާއިރު، 9،995 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ކޮވިޑް ޖެހިފައި ތިބީ 1،117 މީހުންނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *