ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު ރާއްޖެއައުމުން ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. 

ފުލުހުން ރޭ މައުލޫމާތުދީފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ހައްޔަރު ކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރުކުރަންޖެހެއެވެ. އެ މައްސަލައިގައި އޭނާ ދިރިއުޅޭ ތަން ވެސް ރޭ ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. 

ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 7 ދުވަސް ޖަހައިދީފައިވަނީ ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރުމަށެވެ. މި މައްސަލަ މިހާރު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްއިން ދަނީ ތަހްގީގްކުރަމުންނެވެ. 

ސީރިޔާ ހަނގުރާމާގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވެފައިވެއެވެ. މި ހަނގުރާމާގައި ދިވެހިން މަރުވާކަމުގެ ހަބަރު ދޭތެރެދޭތެރެއިން ރިޕޯޓްކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.