އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާޝް ޝްރިންގްލާ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. 

ވިއޯން ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ އެމަނިކުފާނު ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ބޭރަށް ކުރައްވާނެ ތިންވަނަ ދަތުރުފުޅެވެ. އެމަނިކުފާނު ވަނީ މީގެކުރިން މިޔަންމަރ އަދި ބަންގްލަދޭޝްއަށް ވަޑައިގަންނަވާފައެވެ. 

މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާނެ ފުރަތަމަ ދަތުރުފުޅެވެ. ފޮރިން މިނިސްޓްރީއިން އަދި މިހާތަނަށް މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އިންޑިއާއިން އަންނަނީ ކޮވިޑް 19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލުމަށް ބޮޑެތި އެހީތަކެއް ވަމުންނެވެ. އެގޮތުން އެގައުމުން ވަނީ ދާދިފަހުން ބަޖެޓް ސަޕޯޓްގެ ގޮތުގައި ވެސް 250 މިލިއަން ޑޮލަރުގެ އެހީއެއް ވެދީފައެވެ. އަދި ރާއްޖެއަށް މެދުކެނޑުމެނެތި ޒަރޫރީ ތަކެތި ލިބޭނެ ގޮތް އެގައުމުން ވަނީ ފަހިކޮށްދީފައެވެ. 

އަދި މި ސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް ވެސް ފައިނޭންސް ކުރަނީ އިންޑިއާ ސަރުކާރުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.