ނަވަލްނީއަށް ދިން ހަމަލާޔާ ގުޅިގެން ރަޝިއާގެ އިސް އޮފިޝަލުންތަކަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. \

އީޔޫއިން ވަނީ ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސަރވިސްގެ އިސްވެރިޔާ އާއި ޑިފެންސް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެގޮތުން އީޔޫގެ ގައުމުތަކުގައި ހުރި އެ މީހުންގެ އެސެޓްތައް ފްރީޒްކޮށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

ނަވަލްނީއަށް ދިން ހަމަލާއިން އޭނާ ސަލާމަތްވިއިރު އޭނާ އަންނަނީ ޖަރުމަނުގެ ބާލިންގައި ފަރުވާ ހޯދަމުންނެވެ. އޭނާ ވަނީ މި ހަމަލާއަކީ ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިން އިސްވެ ދެއްވި ހަމަލާއެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އެހެން ނަމަވެސް ކްރެމްލިން އިން ވަނީ އޭނާގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އޭނާ ހަމަލާ ދިނުމަށް ބޭނުންކުރި ކެމިކަލްއަކީ ރަޝިއާގެ ސަރުކާރުގެ އުފެއްދުމެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. މި ތުހުމަތުތަކުގެ މައްޗަށް ރަޝިއާގެ ސަރުކާރާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެދުނީ ޖަރުމަނު އަދި ފްރާންސްއެވެ. ހޯމަ ދުވަހު ބޭއްވި އީޔޫ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ވަނީ މިގޮތަށް ނިންމާފައެވެ. 

ރަޝިއާގެ ފޮރިން މިނިސްޓަރު ވަނީ އީޔޫއިން މިކަމާއި ގުޅިގެން މަޝްވަރާކޮށްފައިވާ ނުވާ ކަމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ފިޔަވަޅު އެޅުމުން އެޔާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.