ތ.ވިލުފުށީ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ތ.ވިލުފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް 9 އޮކްޓޯބަރުގައި ހުށަހެޅުމާއި ގުޅިގެން، އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު 10 އޮކްޓޯބަރު ވަނަ ދުވަހު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

36 އަހަރުގެ މީހާ ހައްޔަރުކުރުމަށްފަހު، އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރުމުގެ ތެރޭގައި ވަގަށް ނަގާފައިވާ ފައިސާގެ ބައެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، މި މައްސަލައިގައި ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

36 އަހަރުގެ މީހާގެ ބަންދަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދިހަ ދުވަހުގެ މުއްދަތެއް ދީފައެވެ. 26 އަހަރުގެ މީހާ ވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ 15 ދުވަސް ވަންދެން ރަށުން ނުދިއުމަށް ޝަރުތުކޮށް ދޫކޮށްލާފައެވެ.

ފުލުހުން މިހާރުދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.