ރާއްޖޭގެ މިހާތަނަށް އެންމެ ބޮޑު ގެސްޓްހައުސް ކ. މާފުށީގައި މިއަދު ހުޅުވައިފިއެވެ. މި ގެސްޓްހައުސްއަކީ މާފުށީގައި މިހާރު ވެސް ގެސްޓްހައުސް ހިންގަމުންދާ ކާނި ގްރޫޕްގެ ފަރާތުން ހުޅުވި ގެސްޓްހައުސްއެކެވެ. 

މާފުށީގައި ހުޅުވި ކާނި ޕާމްބީޗް ގެސްޓްހައުސްގައި 106 އެނދު ހުރެއެވެ. މިއަދު މި ގެސްޓްހައުސް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމެވެ. 

ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހިންގަމުންދާ މާފުށީގައި ބޮޑު ގެސްޓްހައުސްއެއް މިއަދު ހުޅުވިއިރު ކޮވިޑާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކޮށްފައި ހުރުމަށްފަހު މިއަދު ވަނީ ގެސްޓްހައުސްތައް ހުޅުވާލާފައެވެ. މިއަދު މާފުއްޓަށް ގެސްޓުން ވެސް އައިސްފައިވެއެވެ. 

މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނާއި ފަތުރުވެރިން އަދި މުވައްޒަފުންގެ ރައްކާތެރިކަން ކަމަށެވެ. ޓޫރިޒަމް ހިންގަން ބޭނުންވަނީ އެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ކަމަށެވެ.

އެކަމަށްޓަކައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ބޯނލެބުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. އެޗްޕީއޭއިން ވެސް ވަނީ ގައިޑްލައިންއަށް އަމަލު ކުރާނަމަ ގެސްޓްހައުސްތައް ހުޅުވާލިޔަސް ރަށްރަށުގައި ކޮވިޑް ފެތުރޭނެ ކަމުގެ ބިރެއް ކަމަށް ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.