ޔުއެފާ ނޭޝަންސް ލީގުގައި އިންްގްލޭންޑް ކުޅުނު މެޗުން އެޓީމު ބަލިވެ ބެލްޖިއަމްއިން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. 

އަމިއްލަ ދަނޑުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން އިންގްލޭންޑް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ހެރީ މެގުއަޔަރ ގެ ފަރާތުން ލަދުވެތި ޕާރފޯމެންސެއް ފެނިގެންދިޔަ މި މެޗުގައި އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު 31 ވަނަ މިނެޓުގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. 10 ކުޅުންތެރިންނާއެކު އިންގްލޭންޑުން ކުޅެމުން ދަނިކޮށް 35 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކްރިސްޓިއަން އެރިކްސަން ޑެންމާކަށް ލީޑު ނަގައިދިނެވެ. 

އިންގްލޭންޑުން 10 ކުޅުންތެރިންނާއެކު އެއްވަރުކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އެ މަސައްކަތްތައް ކާމިޔާބުވާ ގޮތް ވެފައެއް ނުވެއެވެ. މި މެޗުގެ ފަހު ކަށިގަނޑަށްފަހު ރެފްރީއާ ޒުވާބު ކުރުމާއި ގުޅިގެން އިންގްލޭންޑްގެ ރީސް ޖޭމްސްއަށް ވަނީ ރަތް ކާޑު ވެސް ދައްކާފައެވެ. 

ބެލްޖިއަމްއިން ވަނީ 2-1 އިން އައިސްލޭންޑް ބަލިކޮށް ގްރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ. މި މެޗުގައި ބެލްޖިއަމްއިން ޖެހި ދެ ލަނޑު ވެސް ޖަހައިދިނީ ރޮމެލޫ ލުކާކޫއެވެ. އައިސްލޭންޑްގެ ލަނޑު އެޓީމަށް ޖަހައިދިނީ ބަކިރް ސެވަރސަންއެވެ. 

މި ގްރޫޕްގެ އެއްވަނައިގައި ބެލްޖިއަމް އޮތީ 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޑެންމާކް އޮތީ 7 ޕޮއިންޓާއެކު ލަނޑުގެ ތަފާތުންނެވެ. ތިންވަނަ އިންގްލެންޑަށް ވެސް ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕްގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ އައިސްލޭންޑްއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.