ޔުއެފާ ނޭޝަންސް ލީގުގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ޕޯޗުގަލްއިން ކާމިޔާބުކޮށްފިއެވެ. މި މެޗާއި ޕޯޗުގަލްއިން ކުރިމަތިލީ ކޮވިޑް 19 އަށް ޕޮސިޓިވްވުމާއި ގުޅިގެން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ. 

ޕޯޗުގަލްގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ޖަހައިދިނީ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ބަނާޑޯ ސިލްވާއެވެ. އެ ޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖަހައިދިނީ ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޯޓާއެވެ. މެޗުގެ 72 ވަނަ މިނެޓުގައި ޕޯޗުގަލްގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ ޖޯޓާއެވެ. 

މި ގްރޫޕްގައި ކުޅުނު ދެވަނަ މެޗަށް ބަލާއިރު ދުނިޔޭގެ ޗެމްޕިއަން ފްރާންސްއިން ވަނީ 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ފްރާންސަށް ޖަހައިދިނީ އެންޓޮއިން ގްރީޒްމަންއެވެ. މެޗުގެ 64 ވަނަ މިނެޓުގައި ނިކޮލައި ވްލަސިޗް ލަނޑެއް ޖަހައި ކްރޮއޭޝިއާއަށް އެއްވަރުކޮށްދިން ނަމަވެސް ކިލިއަން އެމްބާޕޭ ވަނީ 79 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ފްރާންސަށް މި މެޗުން ތިން ޕޮއިންޓް ކަށަަވަރުކޮށްދީފައެވެ. 

މި ގްރޫޕްގެ އެއްވަނައިގައި އެއްވެސް މެޗަކުން ބަލިނުވެ 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ޕޯޗުގަލްއެވެ. ދެވަނައިގައި އޮތް ފްރާންސަށް ވެސް 10 ޕޮއިންޓް ލިބިފައިވެއެވެ. ކްރޮއޭޝިއާ ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތްއިރު މި ގްރޫޕްގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ސްވިޑެންއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.